ޚަބަރު
ކުށުގެ ވެށިން ގެނެވޭ ކުޑަކުދިން ރީހެބިލިޓޭޓް ކުރާ ‘ހޯޕް އައިލެންޑް’ ގިރާވަރު ފަޅަށް،

ކުށުގެ މާޙައުލަށް ހުށަހެޅޭ ކުދިން ރީހެބިލިޓޭޓް ކުރުމަށް ހަދާ “ހޯޕް އައިލެންޑް” ދ. ވާނީގެ ބަދަލުގައި މާލެ ކައިރީގައިވާ ގިރާވަރު ފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސިއްދީޤު ވިދާޅުވި ގޮތުގައި، ދ. ވާނީގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކުރެހުންތަކާއި ކޮންސެޕްޓްތައް ތައްޔާރުކޮށްފައި ވީނަމަވެސް، އެ ރަށުގައި މި މަޝްރޫޢު ތަރައްޤީކުރުމުގައި ޚަރަދުގެ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރުމާއެކު، މާލެއާ ކައިރި ސަރަޙައްދަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ގިރާވަރު ފަޅުން 15 ހެކްޓަރުގެ ބިން ހިއްކައި، 700 އެއްހާ މީހުންގެ ޖާގައަށް ޚާއްސަކޮށްގެން ތަރައްޤީ ކުރެވޭ މި މަރުކަޒުގައި ކުދިންނަށް ކިޔަވައިދޭނެ ސްކޫލާއި، ސިއްޙީ ޚިދުމަތްދޭނެ ތަންތަނާއި، ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ.

“ވާނީގައި އެތަން ތަރައްޤީކޮށްފިނަމަ މާލެއިން ވައިގެ މަގުން ދާން މިޖެހެނީ ކުޑަހުވަދޫއަށް. ކަނޑުމަގުން ދާނަމަ އެތަކެއް ގަޑިއިރެއް އެބަ ހޭދަވޭ. ޚަރަދުގެ ގޮތުން ބަލާނަމަ އެފޯޑް ކުރެވޭވަރަށްވުރެ ބޮޑު ޚަރަދެއް ހިނގާނެ,” ސްޓޭޓް މިނިސްޓަރ ސިއްދީޤު ވިދާޅުވިއެވެ.

ހޯޕް އައިލެންޑްގައި ތިބޭ ކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތުގެ އިތުރުން، ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތަކާއި ކުޅިވަރު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަރުކަޒުގައި ތިބޭ ކުދިންނަށް އެކުދިންގެ ބެލެނިވެރިން ޒިޔާރަތްކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.

ސަރުކާރުން ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، މި މަރުކަޒުގައި ތިބޭ ކުދިން އުމުރުން 18 އަހަރު ފުރެންދެން އެތަނުގައި ތިބުމަށްފަހު، ދިވެހި ފުލުހުންގެ ޚިދުމަތް ނުވަތަ ދިވެހި ސިފައިންގެ ޚިދުމަތުގައި ވަކި މުއްދަތަކަށް ޚިދުމަތްކުރަން ޖެހޭނެއެވެ.  އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅިވެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!