މަޝްހޫރު ރެޕް ލަވަ ކިޔުންތެރިޔާ އެމިނެމް ކާފައަަކަށް ވެއްޖެއެވެ.
އެމިނެމްގެ އަންހެން ދަރިފުޅު ހެއިލީ އޭނާ އާއި ފިރިމީހާ އިވަން މެކްކްލިންޓޮކްގެ އަލަތު ދަރިފުޅު އުފަންވީ މިދިޔަ މަހުގެ 14 ގައެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ.
މި ވާހަކަ އިންސްޓަގްރާމްގައި ފޮޓޯއަކާ އެކު އިއްޔެ އޭނާ ހިއްސާކުރުމުން ފޭނުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އުމުރުން 52 އަހަރުގެ ފަންނާނުގެ 3 ކުދިން ތިބެއެވެ. އެއީ ހެއިލީގެ އިތުރުން އޭނާ އެޑޮޕްޓްކޮށްފައިވާ ދެ ކުދިން ކަމުގައިވާ އަލައިނާ އާއި ސްޓީވީ އެވެ.

