ޚަބަރު
ރާއްޖޭގެ ފުރަތަމަ ލޮނު ކާރުޚާނާ ދިއްދޫގައި؛ 3 ވައްތަރެއްގެ ލޮނު އުފައްދާނެ!

ހއ. ދިއްދޫގައި ގާއިމުކޮށްފައިވާ ލޮނު އުފައްދާ ފެކްޓްރީން ތިން ވައްތަރެއްގެ ލޮނު އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ދިވެހި ކުންފުންޏަކާއި ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން މިދިޔަ އަހަރު ތެރޭގައި އަޅަން ފެށި ފެކްޓްރީއެކެވެ.

ދިއްދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ޖަޕާނުގެ ކުންފުންޏަކާއި ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމް.ޑީޕް އިންވެސްޓްމަންޓް ގުޅިގެން ތަރައްޤީކޮށްފައިވާ ފެކްޓްރީއިން އުފައްދަނީ ކެއުމަށް ބޭނުންކުރާ ލޮނާއި، ލޮނުމަސް އެޅުމަށް ބޭނުންކުރާ ލޮނާއި އަދި ޚާއްސަ ބާވަތްތަކަށް ޚާއްސަ ލޮނެވެ. މި ފެކްޓްރީން އުފައްދާ ލޮނަކީ ރާއްޖެ އެތެރެކުރާ ލޮނަށްވުރެ ކޮލިޓީ މާރަނގަޅު ލޮނެކެވެ.

މި މަޝްރޫއަށް ދިއްދޫން 15,000 އަކަފޫޓުގެ ބިމެއް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާއިރު، ފެކްޓްރީގައި ލޮނު އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ އެކި ޓެސްޓުތައް ހެދުމަށްފަހު، އޭގެ ނަތީޖާ ރަނގަޅުވުމުންނެވެ. މި ފެކްޓްރީން އުފައްދާ ލޮނު ޖަޕާނަށާއި ރާއްޖޭގެ ރިސޯޓުތަކަށް ވިއްކާނެ ކަމަށް ވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއުގެ ސަބަބުން ކައުންސިލަށް މަހަކު 12,000 ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ. އެއީ އަހަރަކު 144,000 ރުފިޔާއެވެ. މީގެއިތުރުން މި ފެކްޓްރީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ލިބިގެންދާނެ ކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މިހާރުވެސް ރަށުގެ ރައްޔިތުންނާއި ޖަޕާނުގެ ކުންފުނީގެ މުވައްޒަފުން އެތަނުގައި މަސައްކަތްކުރަމުންދާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ރާއްޖޭގައި ފުރަތަމަ ލޮނު ފެކްޓްރީ ހުޚުވުން/ ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާވެސް ހަވާލުކޮށްފައެވެ.

،މި ލޮނު އުފެއްދުމުގެ މަރުޙަލާގައި، އެއް ބެޗެއް ތައްޔާރުކުރުމަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ނަގާއިރު ހިކި ލޮނު ތައްޔާރު ކުރާނީ މޫދުން ނަގާ ލޮނުފެން ފިލްޓަރކޮށް ސާފުކުރުމަށްފަހުގައެވެ. ހަމަމިއާއެކު ކޮންމެ މަހަކު އުފައްދާ ލޮނުގެ ބެޗުތައް ރާއްޖެއާއި ޖަޕާނުގައި ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމް.ޑީޕް އިންވެސްޓްމަންޓުން ހާމަކުރިގޮތުގައި، މި ފެކްޓްރީ ކާމިޔާބުވެއްޖެނަމަ، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި އިތުރު 4 ފެކްޓްރީ ޤާއިމްކުރުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!