ޚަބަރު
އެއްރޫހެއްގައި ތައުލީމީ ދާއިރާ ކުރިއެރުވުމާއި ކާމިޔާބަށް މަސައްކަތްކޮށްދެއްވާ: ރައީސް

ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބަށް އެންމެން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މިހެން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއިއެކު ހުރިހާ ދަރިވަރުންނާއި ބެލެނެވެރިންނަށް ދެއްވި ހާއްސަ މެސެޖެއްގައެވެ.

ރައީސް ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއި އެކު އަރިސްކުރާކަމަށެވެ.

‏މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް އެދޭކަމަށެވެ. ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށެވެ. އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަމެވެ.

‏މި ފެށުނު ދިރާސީ އަހަރަކީ، ގަދަކީރިތިވަންތަ ﷲގެ ރަޙްމަތާއި، މަދަދާއި، ނިޢުމަތުން ފުރިގެންވާ އަހަރެއްކަމުގައި ލައްވާށިއެވެ. ބެލެނިވެރީން އެ ކުރައްވާ ހިންމަތުގައި ބަރަކާތްލައްވާ، މުދައްރިސުންނަށް ހީވާގިކަމާއި ޢިލްމު އިތުރުކޮށްދެއްވައި، ދަރިވަރުންނަށް ތޫނުފިލިކަން އިތުރުކޮށްދެއްވާށިއެވެ. ޤައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުންވެސް ޚިދުމަތްތެރި މޮޅު ދަރީންތަކެއް ބިނާކުރުގެ ހެޔޮ ތައުފީޤު ދިވެހިރާއްޖެއަށް މިންވަރުކުރައްވާށިއެވެ. އާމީން.

2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި އަހަރުގެ ބޮޑު ޗުއްޓީ ދިމާވީ ރަމަޟާންމަހާއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން މި މަހުގެ 6 ގައި ފަށާއިރު، ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!