ޚަބަރު
ސޮރީގެ ފުރަތަމަ ޓްރެއިލާ ދައްކާލުން؛ ނަހުލާ ދިނީ ފިލްމު %99 ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ޔަގީންކަން!

ެމަޝްހޫރު ޕްރޮޑިއުސަރ ފަތިމަތު ނަހުލާގެ އައު ފިލްމު “ސޮރީ” ގެ ރަސްމީ ޓްރެއިލަރ ވަނީ ނެރެފައެވެ. މި ޓްރެއިލަރ ނެރެފައިވަނީ އިއްޔެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުނު ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓުގައެވެ.

އާންމުންނަށް ހުޅުވާލައިގެން ބޭއްވުނު މި އިވެންޓުގައި ފިލްމުގެ ރަސްމީ ޕޯސްޓަރާއި ފިލްމުގައި ހިމެނޭ ލަވަތަކުގެ އޯޑިއޯ އަލްބަމް ވަނީ ނެރެފައެވެ. އަދި ފިލްމުގެ ބައެއް ލަވަތައްވެސް އިވެންޓުގެ ތެރެއިން އާންމުންނަށް ވަނީ އަޑުއިއްވާފައެވެ.

ފިލްމުގެ ޕްރޮޑިއުސަރ ނަހުލާ ބުނި ގޮތުގައި މި ފިލްމަކީ ބެލުންތެރިން ޝައުޤުވެރިވާނެ އަދި ޢާއިލާތަކުން ބަލަން ޖެހޭ ފިލްމެކެވެ.

“މި ފިލްމަކީ ރާއްޖޭގެ ފިލްމު ބެލޭ އުމުރުފުރާގެ ހުރިހާ އެންމެން، މައިންބަފައިން ދަރިން ގޮވައިގެން އައިސް ބަލަން ޖެހޭ ފިލްމެކެވެ. ވަރަށް އިބްރަތްތެރި، ދަރިންނަށް ދައްކަން މަޖުބޫރު ފިލްމެކެވެ. ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައަކަށް، ސަރުކާރަށްވެސް ހައްލު ނުވެ އޮތް މައްސަލައަކަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ލޯބި، ހިތާމަ އަދި އެހެނިހެން ހުރިހާ އަސަރުތަކެއްވެސް ފެނިގެންދާނެއެވެ،”

ނަހުލާ ބުނީ މި ފިލްމަކީ މިހާތަނަށް އޭނާ އެންމެ ޔަޤީންކަމާއެކު އަޅުވާ ފިލްމު ކަމަށާއި، 99 ޕަސެންޓް މީހުންނަށް ފިލްމު ކަމުދާނެ ކަމަށެވެ.

“މިއީ އެންމެ ޔަގީންކަމާ އެކީ އަޅުވާ ފިލްމެއް މީގެ ކުރިން އަޅުގަނޑު ވަރަށް އެހެން ނުބުނަން، އަބަދުވެސް ބުނާނީ އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ ބުނެފައި އަޅުގަނޑު ބުނާނީ، ފިލްމު ނިމިގެން ނުކުމެ ތިބޭފުޅުން ދޭ ޖަވާބަކަށޭ އަޅުގަނޑު އިންތިޒާރު ކުރާނީ، ވަރަށް ޔަގީންކަމާ އެކީ މިފަހަރު މި ބުނަނީ ފިލްމު ބަލާފައި ނުކުންނަ 99 ފަސަންޓް މީހުން ގަބޫލުކުރާނެ, މި ފެނުމަކީ ވަރަށް ރަނގަޅު ރީތި ވަރަށް އަސަރު ގަދަ ވަރަށް ރަނގަޅު އިބުރަތްތެރި ފިލްމެއް ކަމަށް،” ފިލްމާ މެދު އޮތް ޔަޤީން ކަން ހާމަކުރަމުން ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ މި ފިލްމަކީ ރާއްޖޭގައި ބޮޑުވެފައިވާ ޚާއްޞަ އަދި ހިތާމަވެރި މައްސަލައަކަށް އަލިއަޅުވާލާ، އިބުރަތްތެރި މެސެޖެއް ފޯރުކޮށްދޭ ފިލްމެއް ކަމަށެވެ.

“މިއީ ހުރިހާ ބޭފުޅުން ވެސް ބަލަންޖެހޭ ފިލްމެއް. ފިލްމު ބަލާ ނިމުމަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން ހަނދާނުން ފޮހެނުލެވޭނެ ފަދަ ފިލްމެއް މިއީ،” ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ ފިލްމާ ދޭތެރޭ މިފަދަ ޔަޤީންކަމެއް ލިބިފައިވަނީ ފިލްމު ނިންމުމުގެ ކުރިން ބައެއް ފަރާތްތަކަށް ދައްކާލައި، އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަށްފަހު ކަމަށެވެ. އަދި މީގެ ކުރިން އެހެން ފިލްމުތަކާ ޚިލާފަށް މި ފިލްމު ފުރިހަމަކޮށް ނިންމާލުމުގެ ފުރުސަތު ލިބުނު ކަމަށްވެސް ނަހުލާ ބުންޏެވެ.

ނަހޫގެ ދަރިފުޅާއި މާމަދަރިފުޅު

“މި ފިލްމަކީ ހަމައެކަނި ބަލާލާފައި ނިމޭ ފިލްމެއް ނޫން. ފިލްމު ބަލާ ނިމުމަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން އެ ވާހަކައާ ދޭތެރޭ ވިސްނަން މަޖުބޫރުވާނެ ފިލްމެއް،” އަސަރުގަދަ ކާމިޔާބު ގިނަ ފިލްމު ތަކެއް އޮލިމްޕަހަށް ގެނެސްދީފައިވާ ނަހުލާ ބުންޏެވެ.

މީގެ އިތުރުން “ސޮރީ” އަކީ ދިވެހި މުޖުތަމަޢުގައި ދިމާވެފައިވާ މުހިންމު މައްސަލައަކަށް އަލިއަޅުވާލާ ފިލްމެއް ކަމަށާއި، މި ފިލްމުން ވަރަށް ބޮޑު ޢިބުރަތެއް ލިބިގެންދާނެ ކަމަށް ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާ ސިލްސިލާތަކެއް ވެސް ބެލުންތެރިންނަށް ގެނެސްދީފައިވާ ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ނުފޫޒު ގަދަ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ނަހުލާ ބުނެފައިވެއެވެ.

ރޭގެ މިހަފުލާގައި ފިލްމުގެ އޮފިޝަލް ޕޯސްޓަރު އަދި ބައެއް ލަވަތައް ވަނީ ނެރެފައެވެ. މީގެ އިތުރުން ފިލްމުގައި ހިމެނޭ ކާސްޓުން އާންމުންނަށް ދައްކާލައި އެކާސްޓުން ފިލްމާއި މެދު ދެކޭގޮތް ރޭ ވަނީ ހާމަކޮށްފައެވެ.

“ސޮރީ” ފިލްމުގެ ފުރަތަމަ ޕްރޮމޯޝަނަލް ހަރަކާތުގައި ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިން ވަނީ ފިލްމު ބަލާލުމަށް އާންމުންނަށް ގޮވާލާފައެވެ. އަދި މި ފިލްމަކީ “ރޮއްވާލާނެ” ފިލްމެއް ކަމަށް ފިލްމުގެ ތަރިން ވަނީ ހާމަކޮށްފައެވެ.

ފިލްމް “ސޮރީ” އަކީ ނަހޫ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ފާހަގަކޮށްލެވޭ މަޝްހޫރު ތަރިންގެ ތެރެއިން މަރިޔަމް އައްޒަ، ޔޫއްޕެ އަދި އަލަށް މިދާއިރާއަށް ތައާރަފުވާ ކުޑަކުދިންގެ ރޯލުތަކުން ލާލި، އެވްލީ ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ތަރިންތަކެއް މި ފިލްމުގައި ފެނިގެންދާނެއެވެ.

އޮލިމްޕަހުގައި ނަހުލާގެ ފިލްމެއް ނުފެންނަތާ ގިނަ އަހަރުތަކެއް ވެފައިވާއިރު ސޮރީ އަކީ ބްރޭކަކަށް ފަހު ނަހުލާ ނެރޭ ފުރަތަމަ ފިލްމެވެ. ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ.

ފިލްމު ހާއްސަވަނީ ހަމައެކަނި ނަހޫގެ ފިލްމެއްކަމަށް ވާތީ ނޫނެވެ، އެހެން ސަބަބެއްވެސް އެބައޮތެވެ. މިފިލްމުން ނަހޫގެ ދަރިފުޅާއި މާމަދަރިފުޅު ފެނިގެންދާތީއެވެ.

އާދެ، ނަހޫގެ އަމިއްލަ ދަރިފުޅުގެ އިތުރުން ޒުލޭހާ، ނާއުންމީދުފަދަ ފިލްމުތަކުން ދިވެހިންގެ ހިތްތަކުން ލޯތްބާއި ގަދަރު ހޯދި ނަހޫގެ ދަރިފުޅު ނާޝްގެ ދަރިފުޅު، ނަހޫގެ މާމަ ދަރިފުޅު މިފިލްމުގެ މައިރޯލަކުން ފެނިގެން ދާނެއެވެ. މިހާތަނަށް ނަހޫގެ އެންމެ ކާމިޔާބު ވި ފިލްމުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ގިނަބައެއް ރޮއްވާލި ތަރިއަކީ ނަހޫގެ ދަރިފުޅުކަމަށް ވާތީ މިފިލްމުން ފެނިގެންދާ ނަހޫގެ ދަރިފުޅާއި މާމަ ދަރިފުޅުގެ ރޯލު ކަމުދާނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން ދެވިދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!