ޚަބަރު
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖުލައިމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފެށޭނެ: ވަޒީރު އަމިން

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭގައި ސަރުކާރުގެ ފަރާތުން ޓެކްސީގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު ވަނީ ޓެކްސީ ފޯރުކޮށްދޭނެ ފަރާތެއް ހަމަޖައްސާފައެވެ. މީގެއިތުރުން، ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމާއި ޗާޖިންގ ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ޚިދުމަތް ތަޢާރަފުވެގެންދާނެ ކަމަށް،” ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ޓެކްސީގެ ޚިދުމަތަކީ ރާއްޖޭގައި ޒަމާންވީ ޚިދުމަތެއް ނަމަވެސް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ޚިދުމަތް ދިނުމުގައި އެއްވެސް ކޮންޓްރޯލެއް ނެތުމުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް މި އިސްނެގުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިނާ ގުޅޭގޮތުން ވަޒީރު ހާމަކުރެއްވި ގޮތުގައި، މި ޚިދުމަތުގެ 50 އިންސައްތަ ފުރުސަތު ޚާއްސަކުރެވިފައިވަނީ އެހެން ވަޒީފާތަކުގައި ތިބެގެން ހުސްވަގުތުތަކުގައި ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށެވެ. އަދި މިހާރު ޓެކްސީގެ ޚިދުމަތްދޭ ޑްރައިވަރުންނަށް އެއްވެސް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ދެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!