މަކަރާއި ހީލަތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ މީހުން އަތުން ހޯދި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
މި މައްސަލައިގައި ހޯދަން އިއުލާން ކޮށްފައިވަނީ ކ.މާލެ، ހ. ހަވިއްގަ އަލީ އާޒިމް، 43، އެވެ.
އޭނާ ދިރިއުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ކުރި އިއުލާނުގައި ވެއެވެ.
އެގޮތުން، މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 13:00 އަށް ދިއްގަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އާޒިމްއަށް އަންގާފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

