ޚަބަރު
ނަހޫގެ ‘ސޮރީ’ އިބުރަތްތެރި މެސެޖަކާއެކު އަންނަ ޚާއްސަ ފިލްމުގެ ޓިކެޓު ވިއްކަން ފަށަނީ

ދިވެހި ފިލްމީ ދާއިރާގެ ނަން މަޝްހޫރު ފަންނާނު، ފާޠިމަތު ނަހުލާ (ނަހޫ) ގެ އައު ފިލްމު “ސޮރީ” ގެ ޓިކެޓް ވިއްކަން ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި ފިލްމަކީ ނަހޫ ދިގު ބްރޭކަކަށްފަހު ގެނެސްދޭ އައު އުފެއްދުމެކެވެ. ޖޫން 17 ވަނަ ދުވަހު އެޅުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާނީ 7844422 ނަންބަރު މެދުވެރިކޮށް މާދަމާ ކަމަށް ނަހޫ ވަނީ ބުނެފައެވެ.

މި ފިލްމަކީ ރާއްޖޭގައި ދިމާވެފައިވާ ޚާއްސަ އަދި ހިތާމަވެރި މައްސަލައަކަށް އަލިއަޅުވާލާ، އިބުރަތްތެރި މެސެޖެއް ފޯރުކޮށްދޭ ފިލްމެކެވެ. ނަހޫގެ ކުރީގެ މަޝްހޫރު ފިލްމު “ޒުލޭޚާ” އަށްވުރެ މާ ބޮޑަށް އަސަރުގަދަ އަދި ފެންވަރު ރަނގަޅު ފިލްމަކަށް “ސޮރީ” ވެގެންދާނެ ކަމުގެ ޔަގީންކަން ނަހޫ ވަނީ ބެލުންތެރިންނަށް ދީފަައެވެ.

މި ފިލްމުގައި ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު ތަރިންގެ ތެރެއިން މަރިޔަމް އައްޒަ އާއި ޔޫއްޕެގެ އިތުރުން، އަލަށް މި ދާއިރާއަށް ތަޢާރަފުވާ ކުޑަކުދިންގެ ތެރެއިން ލާލީ އާއި އެވްލީއެވެ. ޚާއްސަކޮށް ފާހަގަކޮށްލެވެނީ ނަހޫގެ އަމިއްލަ ދަރިފުޅާއި، ނަހޫގެ މާމަދަރިފުޅު މި ފިލްމުގައި ތަމްސީލުކުރާ ރޯލުތަކެވެ.

ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓް އަގަކީ 250 ރުފިޔާއެވެ. އެހެން ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 150 ރުފިޔާއަށެވެ. ފިލްމުގެ ރަސްމީ ޓްރެއިލާ ދޫކޮށްލުމަށްފަހު މީސްމީޑިއާގެ މަންސަތަކުގައި ލިބެމުންދާ ތަރުހީބަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ނަހޫގެ ކުރީގެ ފިލްމުތަކުން ފަދައިން މި ފިލްމަކީވެސް ގިނަ ބަޔަކު ރުއްސާލާނެ، އަސަރުގަދަ ފިލްމަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ފިލްމުގެ ކާސްޓުން ވަނީ ދީފައެވެ. 99 ޕަސެންޓް މީހުންނަށް ފިލްމު ކަމުދާނެ ކަމަށް ނަހޫ ބުނެފައިވާއިރު، މިއީ ވަރަށް ރަނގަޅު، ރީތި، އަސަރުގަދަ އަދި އިބުރަތްތެރި ފިލްމެއް ކަމަށް ހަމައެކަނި ޓްރެއިލާ އިންވެސް ހާމަވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!