ޚަބަރު
ޓިކްޓޮކް އިން ފައިސާ ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަނީ؛ އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގައި ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހާމަކުރައްވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. މި މަޝްވަރާތަކުގައި ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކާ ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ، ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމުގެ ވައުދު ފުއްދުމަށް ޓަކައި އެވެ.

މިހާރު ވެސް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ އެކި މަގުތައް ހުޅުވިފައިވާ ކަން ފާހަގަކުރެވެ އެވެ. މީގެ ތެރޭގައި “ކްރިއޭޓާ ފަންޑް” މެދުވެރިކޮށް ވީޑިއޯ މަޝްހޫރުވާ މިންވަރަށް ބަލައި، އުފެއްދުންތެރިންނަށް ފައިސާ ދިނުމާއި، ލައިވް ސްޓްރީމިންގ މެދުވެރިކޮށް އާމްދަނީ ހޯދުން ހިމެނެ އެވެ.

ރާއްޖޭގައި ވެސް މިހާރު ގިނަ އަދަދެއްގެ ބަޔަކު ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދަމުން ގެންދާ ކަމަށް ފާހަގަކުރެވެ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ މި މަސައްކަތާ އެކު، ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!