ޚަބަރު
ސަރުކާރުން، ‘ތިނަދޫ ލާޓް ދަނގަޑު’ ހިމާޔަތްކޮށް، ފަތުރުވެރިކަމުގެ ނަފާ ލިބޭ ގޮތް ހަދަނީ

ގދ. ‘ތިނަދޫ ލާޓް ދަނގަޑު’ ހިމާޔަތްކޮށް ފަތުރުވެރިކަމުގެ ނަފާ ލިބޭ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ފަށައިއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ އާދަމް ނަސީރު އިބްރާހީމާއި ސުވާލު ކުރުމުގެ ވަގުތުގައި ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ވަނީ ތިނަދޫގައި ޖަހާފައިވާ ލާޓް ދަނގަޑު ހިމާޔަތް ކުރުމުގެ ގޮތުން ކުރަން ހަމަޖައްސަވާފައިވަނީ ކޮން މަސައްކަތެއްތޯ ސުވާލު ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ލާޓް ދަނގަޑަކީ ރާއްޖޭގެ ތާރީހުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދަނގަޑެއް ކަމަށާއި، އެއީ ރާއްޖޭގެ ޗާޓު ފުރަތަމަ ކުރެހުމަށް ކުރެވުނު މަސައްކަތެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ލާޓް ދަނގަޑު ހިމާޔަތްކޮށް، ޓޫރިޒަމްއަށް މަގުފަހިވާ ގޮތަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ތިނަދޫގައި ހުންނަ ލާޓު ދަނގަޑަކީ އަލަށް ރާއްޖޭގެ ޗާޓް ކުރެހުމުގެ މަސައްކަތުގައި އީކުއޭޓަރ ރޮގުން ފާހަގަ ކުރަންވެގެން ޖެހި މާކެކެވެ. އެ ދަނގަޑު ޖަހާފައިވަނީ މޮރަސްބީ ކިޔާ ބޭރު  މީހެކެވެ.

ލާޓް ދަނގަޑު ތިނަދޫގައި ޖެހިއިރު އެރަށަކީ ފަޅު ރަށެކެވެ. ތިނަދޫގައި މީހުން އާބާދުވެ، މިއަދާއި ހަމަޔަށް ވެސް އެ ދަނގަޑު އެ ރަށުގައި ހުންނައިރު، ދަނގަޑު ހުރީ މިހާރު މީހުން ދިރިއުޅޭ ގޯއްޗެއްގެ ތެރޭގައެވެ. އެ ގޯތީގެ މެދުގައި ލާޓު ދަނގަޑު ހުންނައިރު، އެ ގޯއްޗަށް ވެސް ކިޔަނީ ލާޓެވެ.

ލާޓުގޭގައި ދިރިއުޅޭ މީހުން ހުންނަނީ ދަނގަޑު ހުންނަ ތަންކޮޅު ހިމާޔަތްކޮށް ކުޑަ ފާރެއް ރާނާފައެވެ. އެއީ އެގޭ މީހުން އަމިއްލައަށް ލާޓް ދަނގަޑު ހިމާޔަތް ކުރުމަށްޓަކައެވެ.

ކުރީގެ ސަރުކާރުތަކުން މިހާތަނަށް އައި އިރުވެސް ލާޓް ދަނގަޑަކީ ތާރީހީ އެއްޗެއް ކަމަށްބަލާ ހިމާޔަތް ކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ ލާޓް ދަނގަޑު ހިމާޔަތްކޮށް، ޓޫރިޒަމްއަށް މަގުފަހިވާ ގޮތަށް މަސައްކަތް ކުރުމަށް ނިންމާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!