ހދ. މަކުނުދޫގައި 8 މަހުގެ ތުއްތު ކުއްޖެއް ގަޔަށް ހޫނުފެން ޖަގެއް އެޅި ވަރަށް ބޮޑަށް ފިހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ހާދިސާ ހިނގުމާ ގުޅިގެން ކުއްޖާ ވަނީ ވަގުތުން މަކުނުދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.
ނަމަވެސް، ހެލްތު ސެންޓަރުގައި ކުއްޖާގެ ހާލަތަށް އެކަށީގެންވާ ގޮތެއްގައި ނުބަލައި، ފިހިފައިވާ ތަންތަން ބެންޑޭޖު ކުރުމާ ގުޅިގެން ކުއްޖާގެ އާއިލާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ކުއްޖާގެ ހާލަތު ސީރިއަސްވުމާ އެކު، އިތުރު ފަރުވާ ހޯދުމަށްޓަކައި ވަނީ މާލެ ގެނެވިފައެވެ.

