ޚަބަރު
ވިލިމާލޭ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް ޖަމްބޯ ބޭގް ޖަހަނީ

ވިލިމާލޭގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އެ ސަރަހައްދުގައި ޖަމްބޯ ބޭގް ޖަހަން ފަށައިފިއެވެ.

އެގޮތުން، މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ވިލިމާލޭ ގޮނޑުދޮށުގެ ސަރަހައްދުގައި ހުރި ރުއްގަސްތައް ވެއްޓުމުގެ ބިރު އޮތުމުގެ ސަބަބުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި މަޝްވަރާކުރެއްވި ކަމަށާއި އެ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

ވިލިމާލޭގެ އިރުއުތުރާއި އިރުދެކުނު ސަރަޙައްދުގެ ގޮނޑުދޮށް ގިރަމުންދާކަމަށާއި މިދުވަސްވަރު އެ ސަރަޙައްދު ގިރަމުންދާގޮތުން ގަސްތައް ވެއްޓުމުގެ ބިރު އޮތްކަން އަރީޝް ފާހަގަކުރައްވާފައވާއިރު، މިފަދަ ކަމެއް ކުރިމަތިވުމުގެ ކުރިން ވަޒީރު ޑރ. މުއްޠަލިބުގެ ސަމާލުކަމަށް މި މައްސަލަ ގެންނެވީކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަރީޝް ވަނީ އޭނާގެ ވާހަކަތައް އަޑުއައްސަވައި ދެ ގަޑިއިރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވި ކަމަށް ޓަަކައި މިނިސްޓަރަށް ޝުކުރު އަދާކޮށްފައެވެ

މި މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުންޔާއި ހަވާލުކުރެވިގެންނެވެ. މި ކުންފުންޔަކީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނި ކަން ފާހަގަކޮށްލެވެއެވެ.

ހަމައެއާއެކު، މިފަދަ ތިމާވެށީގެ ކުއްލި މައްސަލަތަކަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް މިނިސްޓަރ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ދައްކަވަމުން ގެންދަވާ ހަރުދަނާ ލީޑަރޝިޕަށްވެސް އަރީޝް ވަނީ ތަޢުރީފު ކުރައްވާފައެެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!