ޚަބަރު
މައްކާއަށް އެތެރެވުމަށް ރަސްމީ ހުއްދައެއް ހޯދުން ލާޒިމުކުރާ ޤަވާޢިދު ތަންފީޒުކުރަން ފަށާނެ: ސައުދީ

ސައުދީ އަރަބިއްޔާގެ މައްކާ މުޤައްދަސް ސިޓީއަށް ވަނުމަށް ރަސްމީ ހުއްދައެއް ހޯދުން ލާޒިމުކުރާ ޤަވާޢިދު ތަންފީޒުކުރަން ފަށާނެ ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓަރޭޓުން އިޢުލާނުކޮށްފިއެވެ.

މި ޤަވާޢިދު ތަންފީޒުކުރަން ފަށާނީ 23 އޭޕްރިލް 2025 އިން ފެށިގެންނެވެ.

ސައުދީން މި ޤަވާޢިދު ތަންފީޒުކުރުމުގެ މަޤްޞަދަކީ ޙައްޖު މޫސުމުގައި މުޤައްދަސް ސިޓީއަށް ވަދެނިކުމެވުން ހަރުދަނާކޮށާއި، ޙާޖީންގެ ދަތުރުފަތުރާއި ސަލާމަތްތެރިކަން ކަށަވަރުމެވެ.

ޕަބްލިކް ސެކިއުރިޓީންގެ އިއުލާނުގައި ބުނެފައިވަނީ ޞައްޙަ ހުއްދައެއް ނެތް އެއްވެސް އުޅަނދެއް ނުވަތަ މީހެއް މައްކާއަށް ނުވަދެވޭނެ ކަމަށެވެ. އަދި ޙައްޖު މޫސުމުގައި މައްކާއަށް ވަނުމުގެ ހުއްދަ ދޫކުރެވޭނީ އިލެކްޓްރޯނިކް ޒަރީޢާއިން ކަމަށެވެ.

މި ޤަވާޢިދުގެ ދަށުން، މައްކާއަށް ވަނުމަށް ބޭނުންވާ ހުރިހާ ރެސިޑެންޓުންވެސް ކަމާބެހޭ އިދާރާތަކުން ރަސްމީ ހުއްދައެއް ހޯދަންޖެހޭއިރު، މި ހުއްދަ ނެތް ފަރާތްތައް މައްކާއަށް ވަންނަން އޮންނަ ސެކިއުރިޓީ ޗެކްޕޮއިންޓްތަކުން އަނބުރާ ފޮނުވާލެވޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!