ޚަބަރު
ޖާހު ކުންފުނީގެ އެކައުންޓްތަކުގައި ހުރި ފައިސާ ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރުކޮށްފި

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ފައިސާ ހުރި ނަމަ، ހުރިހާ ފައިސާތަކެއް ހިފަހައްޓަން ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

ހުޅުމާލޭގައި ޖާހު ކުންފުނިން ތަރައްގީކުރަމުން އައި ’ދަ ގާޑެންސް‘ ފްލެޓް މަޝްރޫއު ނުނިމި ދިގުލައިގެން ދިޔުމުން މައްސަލަ ބޮޑުވެ އެ މަޝްރޫއު އެކުންފުނީގެ އަތުން އަތުލައިފައެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ އެއްބަސްވުން އުވާލާފައެވެ.

މިފަދައިން ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެކައުންޓުގައި ހުރި ފައިސާގެ އަދަދާއި، ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށް ފަހު އެކަން މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކޯޓަށް އެންގުމަށް ވެސް އަމުރުގައިވެއެވެ.

މި އަމުރު ރައްދުވާ ފަރާތްތަކުގެ ގޮތުގައި ވަނީ ރާއްޖޭގައި ހިންގާ 7 ބޭންކެކެވެ. މި އަމުރު ނެރެފައިވަނީ ކޮން މައްސަލައެއްގެ ތެރެއިން ކަމެއް ސާފެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!