ޚަބަރު
އިސްރަށްވެހިންގެ ނާދީ; އިސްރަށްވެހިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހިންގާ މަރުކަޒެއް!

މާލޭގައި ޤާއިމުކުރެވިފައިވާ އިސްރަށްވެހިންގެ ނާދީއަކީ، އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަމާޒުކުރެވިގެން ހިންގާ މަރުކަޒެއް ކަމުގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާ ޙަލީލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ފުރަމެންދުރު” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވީ، އިސްރަށްވެހިންގެ ނާދީގައި އެ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޚާއްސަ ހަރަކާތްތަކެއް ރާވައި ހިންގުމުގެ ނިޒާމެއް ޤާއިމުކުރެވިފައިވާ ކަމަށެވެ.

މި މަރުކަޒުގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި އިސްރަށްވެހިންނަށް ޚާއްސަކުރެވިގެން ލުއި ކަސްރަތު ޕްރޮގްރާމްތަކާއި، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކުރެވިގެން މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު އެކި ކަހަލަ ޕްރޮގްރާމްތައް ހިމެނޭކަމަށް ޑެޕިއުޓީ މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވި ގޮތުގައި “ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭ” އެވެ. އަދި އެތަނުގައި ހިންގޭ ހަރަކާތްތަކުގެ ސަބަބުން އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ރަނގަޅު ބަދަލުތަކެއް އަންނަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

އިސްރަށްވެހިންގެ ނާދީގެ ޚިދުމަތްތަކަކީ 55 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްވެސް ހުޅުވާލެވިފައިވާ ޚިދުމަތްތަކެކެވެ. އެގޮތުން ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އިސްރަށްވެހިންނަށްވެސް ލިބިގެންވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!