ޚަބަރު
ދިވެހި ސިފައިންގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފި

ދިވެހި ސިފައިންގެ ޚިދުމަތުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

1892 ވަނަ އަހަރުގެ އޭޕްރިލް 21 ވަނަ ދުވަހު ރަސްމީކޮށް އުފެދުނު ދިވެހި ސިފައިންގެ ޚިދުމަތް މިއަދާ ހަމައަށް އައިއިރު ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ. މި ރަސްމިއްޔާތުގައި ސިފައިންގެ އިސް ވެރިންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ޑިޕްލޮމެޓިކް ކޯގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ “ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒުގެ މި ދައުރު ވެގެންދާނީ މިހާތަނަށް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލްކަން ލިބޭނެ ދައުރަކަށް” ކަމަށެވެ.

ޗީފް އޮފް ޑިފެންސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ރައީސް މުޢިއްޒު ވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ވައިގެ ބާރު އުފެއްދެވުމާއެކު، އެއްގަމުގެ ބާރާއި ކަނޑުގެ ބާރު ގަދަކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

ދިވެހި ސިފައިންގެ ޚިދުމަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މުއައްސަސާއެވެ. އަދި ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެމްއެންޑީއެފްއިން ދަނީ މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!