ޚަބަރު
ސިޓީގެ ދަރަޖަ ދިނުމުގައި އޮޅުވާލުމުގެ ތުހުމަތު؛ ފުލުހުން ތިނަދޫސިޓީ ކައުންސިލުގައި ހަރަކާތްތެރިވާން ފަށައިފި

ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމުގައި އާބާދީގެ މަޢުލޫމާތު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައިގެ ތަޙުޤީޤަށް ފުލުހުންގެ ޓީމެއް މިހާރު ވަނީ ތިނަދޫސިޓީގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ހުވަދޫމީޑިއާއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ ވިދާޅުވީ އިއްޔެގެ ވަގުތުން ފެށިގެން ފުލުހުން، ކައުންސިލުގެ ބައެއް މުވައްޒަފުންނާއި މެންބަރުންނާ ބައްދަލުކޮށް ސުވާލުކުރަން ފަށާފައިވާ ކަމަށެވެ. މިއީ ސިޓީގެ ދަރަޖަ ދިނުމުގައި އޮޅުވާލުން ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ތިނަދޫގެ އާބާދީ 10،000 އަށްވުރެ މަތިކުރުމަށްޓަކައި މަރުވެފައިވާ 115 މީހެއްގެ ނަން އާބާދީގެ ލިސްޓުގައި ހިމަނާފައިވުމާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބަލަހައްޓާ އާބާދީގެ ލިސްޓާއި ތިނަދޫ ކައުންސިލްގެ ރަޖިސްޓްރީގައިވާ އާބާދީގެ ލިސްޓުން ގިނަ ޤާނޫނީ މައްސަލަތަކެއް ފާހަގަވުމެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައި، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތުންނެވެ. މި ނިންމުން މިހާރުގެ ސަރުކާރުން ވެސް ވަނީ ދަމަހައްޓާފައެވެ.

މި މައްސަލައާ ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މައްސަލަ ހުށަހަޅުއްވާފައެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅިފައިވެއެވެ. މީގެ އިތުރުން ޤާނޫނީ ވަކީލު އަޙްމަދު ރާގިބު ވަނީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލަކަށް ބަދަލުނުވަނީސް ތިނަދޫގެ މޭޔަރާއި ކައުންސިލަރުން ސިޓީ ކައުންސިލެއްގެ މުސާރަ ނަގާފައިވާ ކަމަށް ބުނެ އިތުރު މައްސަލައެއް ވެސް އެލްޖީއޭއަށް ވަނީ ހުށަހެޅިފައެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!