އަހަރުގެ މިހާތަނަށް ރާއްޖެ އަށް 788،650 ފަތުރުވެރިން އައިސްފައިވާކަމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ހިނގާ އޭޕްރިލް މަހުގެ އެކަކުން ފެށިގެން އޭޕްރީލް 23، ވަނަ ދުވަހާއި ހަމައަށް، 127،239 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ، 129،573 ފަތުރުވެރިންނެވެ.
މިއާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު މިވަނީ 788،650 އަށް އަރާފައެވެ.
މި އަހަރު ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތް ކުރި 5 ގައުމު:
- ޗައިނާ އިން 85،469 ފަތުރުވެރިން
- އިނގިރޭސި ވިލާތް އިން 84،723 ފަތުރުވެރިން
- ރަޝިޔާ އިން 80،668 ފަތުރުވެރިން
- އިޓަލީ އިން 72،000 ފަތުރުވެރިން
- ޖަރުމަނު އިން 61،478 ފަތުރުވެރިން
ރާއްޖޭގައި މިހާތަނަށް 175 ރިސޯޓަކާއި 818 ގެސްޓުހައުސްއެއް ހިންގަމުންދާއިރު، 157 ސަފާރީ ފަތުރުވެރިންނަށް ހާއްސަކޮށްގެން ހިންގަމުންދެއެވެ.