ޚަބަރު
15 ވަނަ ސާފް ޗެމްޕިއަންޝިޕް: އަންނަ އަހަރަށް ފަސްކޮށްފި

މި އަހަރު ބޭއްވުމަށް  ހަމަޖެހިފަ އޮތް 15 ވަނަ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން އިން އިޢުލާންކޮށްފިއެވެ.

އެ ފެޑެރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސާފްގެ މެމްބަރު އެސޯސިއޭޝަންތަކާއި މުބާރާތުގެ މީޑިއާ ޕާޓްނަރުން މުބާރާތުގެ އިންތިޒާމުތައް ރަނގަޅަށް ހަމަޖެެއްސުމަށްޓަކައި އިތުރު މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށެވެ.

ހޯމް އެންޑް އެވޭ‘ ސްޓައިލަށް ބޭއްވޭ ފުރަތަމަ ފަހަރަަށްވެފައި، މިކަމަށް ހުރިހާ ގައުމުތަކުން އެއްބަސްވެ، މުބާރާތް ފެށުމަށް ހަމަޖެހިފަ އޮތީ ޖޫން މަހު 22، ސްރީލަންކާގެ ކޮލޮމްބޯގައެވެ.

2026 ވޯލްޑް ކަޕް ބާއްވާއިރު، ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް އެކަށީގެންވާ ތާރީޚެއް އަދި ތަނެއް ހޯދުމަށް މުހިންމު ސަމާލުކަމެއް ދޭންޖެހޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!