ޚަބަރު
ސުލްހަވެރިކަމާއިއެކު ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖު ސިޔާސީކޮށްގެން އެމްޑީޕީން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލަން: ނަރީޝް

ސުލްހަވެރިކަމާއިއެކު ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖު ސިޔާސީކޮށްގެން އެމްޑީޕީން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓްގެ އެޑްވައިޒަރ، އަހްމަދު ނަރީޝް ގޮވާލައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވިގޮތުގައި، ސުލްހަވެރިކަމާއި އެކު ޒުވާނުން ކުރަމުންދިޔަ އިހްތިޖާޖް ސިޔާސީކޮށް އޭގެން ސިޔާސީ މަންފާ ނަގަން އެމްޑީޕީ އަދި ޑިމޮކްރެޓްސް ހިމެނޭހެން އެހެނިހެން ބައެއް ސިޔާސީ ލީޑަރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ނަރީޝް ވަނީ ގޮވާލައިފައެވެ.

ހަމައެއާއެކު، ޒުވާނުން ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އެ ކަންބޮޑުވުންތައް ވަރަށް ގާތުން ރައީސް ބައްލަވަމުންދާ ކަމަށާއި، ކަން ކަން ސިޔާސީ ކޮށްގެން ގައުމަށްވެސް ޒުވާނަކަށްވެސް ލިބޭނެ މޮޅެއް ނެތްކަމަށާއި އިޖާބީގޮތެއްގައި ދެފުއް ފެންނަ ތަހުގީގެއް ކުރިޔަށް ގެންގޮސް މިކަމުގައި ކުށްވެރިވާ އެންމެންނާއި އިންސާފު ހަމަކުރާނެ ކަަމަށްވެސް ނަރީޝް ވަނީ ވިދާޅުވެފައެވެ.

ނަރީޝް މިހެން ވިދާޅުވެފައިމިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. މިޓާޒް ގޭގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު، ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން އިންސާފު ހޯދުމަށް މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެންނެވެ.

މި މައްސަލައިގައި ޔުމްނު އާއި އެކު އެންމެ ފަހުން ފެނިފައިވާ ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!