ޚަބަރު
ރަސްފަންނު ސަރަހައްދު މޫދަށް އެޅުނު ކަޅުތެޔޮ ސާފުކޮށްފި

މާލެ ރަސްފަންނު މޫދަށް އެޅިފައި ހުރި ކަޅުތެޔޮ ނަގައި އެތަން ސާފުކޮށްފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް ނިންމައި، އެ ސަރަހައްދު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ. މިއީ މިއަދު ހެނދުނު ފުލުހުން އެ ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންނަށް އިންޒާރު ދިނުމަށްފަހު ހިންގުނު އަވަސް އޮޕަރޭޝަނެކެވެ.

މި ހާދިސާއާ ގުޅިގެން ކަޅުތެޔޮ އެޅުނު ގޮތާ މެދު ސުވާލު އުފެދިފައިވާއިރު، ބޮޑަށް ބެލެވެނީ ކަނޑަށް ކަޅުތެޔޮ އެޅިގެން އޮޔާ ގޮނޑުދޮށަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ރަސްމީ ތަޙުޤީޤެއް ފެށިފައިވާކަން އަދި އެނގިފައެއް ނުވެއެވެ.

މިފަދަ ހާދިސާތައް ކުރިންވެސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. 2023 ވަނަ އަހަރު މާލޭގެ އުތުރުފަރާތު ބަނދަރުގެ ފަޅުތެރެއަށް ވަރަށް ގިނައިން ކަޅުތެޔޮ އެޅުނު ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާގައި ސިފައިންގެ ދެ ދުވަހުގެ މަސައްކަތުން ގާތްގަނޑަކަށް 15 ފީފާއަށް އެޅޭނެހާ ތެޔޮ މާލެ ފަޅުތެރެއިން ނަގާފައިވެއެވެ.

މި ފަހަރުގެ ހާދިސާގައި ނެގުނު ތެލުގެ މިންވަރާއި، ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވި ފަރާތްތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދީފައިވާ މަޢުލޫމާތުން އެނގެނީ މިހާރު އެ ސަރަހައްދު އާންމުންނަށް ބޭނުންކުރެވޭ ހާލަތަށް ގެނެވިފައިވާ ކަމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!