ޚަބަރު
ސޮރީގެ ޓިކެޓް ނަގަން ދާން ތައްޔާރުތަ؟ މިރޭ ޓިކެޓު ވިއްކަން ފަށަނީ!

ޝްހޫރު ޑައިރެކްޓަރ ފާޠިމަތު ނަހުލާ (ނަހޫ) ގެ އެންމެ އައު ފިލްމު “ސޮރީ” ގެ ޓިކެޓް މިރޭ 20:00 ގައި ވިއްކަން ފަށާ ކަމުގެ މައުލޫމާތު ލިބިިއްޖެއެވެ.

ޓިކެޓް ވިއްކުމުގެ ކަންކަން ކުރިއަށްދާނީ މަޖީދީމަގުގައި ހުންނަ ޓާޓާ ބިލްޑިންގްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މާލޭ ގްރޭންޑްގައެވެ. ކޮންމެ ރެއަކުވެސް 23:00 އާ ހަމައަށް ޓިކެޓް ވިއްކުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ނަހޫ ވަނީ ހާމަކޮށްފައެވެ.

މި ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓް އަގަކީ 250 ރުފިޔާއެވެ. އަދި އެހެން ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 150 ރުފިޔާއަށެވެ.

ޖޫން 17 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ ވަނީ މިމަހުގެ ކުރީކޮޅު ނެރެފައެވެ. ޓްރެއިލާ ނެރުމާއެކު މީސްމީޑިއާގެ އެކި މަންސަތަކުގައި މި ފިލްމަށް ލިބެމުންދާ ތަރުހީބަކީ ފާހަގަކޮށްލެވޭ ކަމެކެވެ. “މިއީ މިފަހަކަށް އައިސް ދޫކޮށްލި އެއްވެސް ދިވެހި ފިލްމެއްގެ ޓްރެއިލާއަކަށް މިހާ ކުރު މުއްދަތެއްގައި ލިބުނު އެންމެ ގިނަ ވިއުސް،” ނަހޫ ބުނެފައިވެއެވެ.

މި ފިލްމުގައި މަރިޔަމް އައްޒަ އާއި ޔޫއްޕެގެ އިތުރުން، އަލަށް މި ދާއިރާއަށް ތަޢާރަފުވާ ކުޑަކުދިންގެ ތެރެއިން ލާލީ އާއި އެވްލީ ފެނިގެންދާނެއެވެ. ފިލްމު ހާއްސަވާ އެއް ސަބަބަކީ މި ކުޑަކުދިންނެވެ. މިއީ ނަހޫގެ ފިލްމުތަކުން ހިތްތަކުގައި ނުފިލާ އަސަރެއް ހަރުލެއްވި ނަހޫގެ ދަރިފުޅު ނާޝްގެ ދަރިފުޅު، އާދެ ނަހޫގެ މާމަ ދަރިފުޅާއި ނަހޫގެ އަމިއްލަ ދަރިފުޅަކު ފެނިގެންދާ ފިލްމެކެވެ. ނާޝް އެކްޓު ކުރި ކޮންމެ ފިލްމަކުން ވަނީ ހިތްތަކުން ޖާގަ ހޯދާފައެވެ. ނާޝްގެ އަސަރުގަދަ ހަނދާންތައް އާވެ އާލާވެގެން ދިއުމާއެކު މިދެކުދިންގެ ސަބަބުން ފިލްމު ވަނީ އެތައް ގުނަައެއް ހާއްސަވެފައެވެ، ހަމަައެހެންމެ ރާއްޖޭގެ އެންމެ މަޝްހޫރު ވިލަން ރޯލު އަދާކުރާ ދެ ތަރި ކަމަށްވާ ރިއްޕެ އާއި އައްކިގެ ވަރުގަދަ މަންޒަރުތަކެއްވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމުގެ ޓްރެއިލާ ނެރުން އިޝްތިހާރުކުރުމަށް މިމަހު 07 ވަނަ ދުވަހު އާއްމުކޮށްފައިވާ ވީޑިއޯއަކުން ފިލްމުގެ ބައެއް މަންޒަރުތައް ދައްކާލާފައިވަނީ ފިލްމުގައި ހިމެނޭ އަސަރުގަދަ ލަވައެއް އިވޭގޮތަށެެވެ. މި ލަވައަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ލަވަ އަޑުއެހުމަށް ފަހު ބައެއް ފަރާތްތަކުން ބުނެފައިވަނީ ގައިން ހީބިހިނަގައިގެން ދިޔަ ކަމަށެވެ.

މި ފިލްމުގައި ހިމެނޭ ލަވަތަކުގެ ތެރެއިން ލަވައެއް ނަހޫގެ ދަރިފުޅު ނާޝް ވެސް ކިޔާފައިވެއެވެ. މީގެ އިތުރުން ކުރިއަރަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ ރާޔާ އަޝްރަފްގެ ލައެއްވެސް ހިމެނެއެވެ.

ނަހޫގެ ކުރީގެ މަޝްހޫރު ފިލްމު “ޒުލޭޚާ” އަށްވުރެ މާ ބޮޑަށް އަސަރުގަދަ އަދި ފެންވަރު ރަނގަޅު ފިލްމަކަށް “ސޮރީ” ވެގެންދާނެ ކަމުގެ ޔަގީންކަން ނަހޫ ވަނީ ބެލުންތެރިންނަށް ދީފައެވެ. މި ފިލްމަކީ ރާއްޖޭގައި ދިމާވެފައިވާ ޚާއްސަ އަދި ހިތާމަވެރި މައްސަލައަކަށް އަލިއަޅުވާލާ، އިބުރަތްތެރި މެސެޖެއް ފޯރުކޮށްދޭ ފިލްމެއް ކަމަށް ނަހޫ ވަނީ ބުނެފައެވެ.

ކޮންމެއަކަސް އިންތިޒާރުގެ ވަގުތު މިދަނީ ކުޑަތަންވަމުންނެވެ. ޖޫން 17 އޮތީ މާދުރަކު ނޫންތާއެވެ. އަވަހަށް ތައްޔާރުވަމާ ހިނގާށެވެ. މިއީ ފިސާރި އަސަރުކުރުވާނެ ފިލްމަކަށް ވާނެކަން ގައިމެވެ. ފަހަރެއްގައި އަޅުގަނޑުމެންގެ ހަޔާތާ ގުޅުން ހުރި ހަގީގަތެއްވެސް ފެނިގެން ހިނގައިދާނެއެވެ. އޭރަށް ފަހަރެއްގައި ގޯސް ވެފައިވާ ކަމެއްނަމަ ރަނގަޅުކޮށްލުމުގެ ފުރުސަތުވެސް ލިބިގެން ހިނގައިދާނެއެވެ. ސަބަަބަކީ ފިލްމަކީ ހަމައެކަނި ފިލްމަކަށްވުރެ ހަގީގީ ދިރިއުޅުންތަކުގެ ހަގީގީ ވާހަކަތައް ދައްކުވައިދޭ އެއްޗަކަށްވާތީއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!