ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޙްމަދު ޝިޔާއު އައްޔަންކުރައްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ އެ މަގާމަަށް އައްޔަންކުރެއްވިކަން ހާމަކޮށްފައިވާއިރު، ޝިޔާއުއަކީ މީގެ ކުރިންވެސް އެޓާނީ ޖެނެރަލްގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމާއި ދިފާޢީ ވުޒާރާގެ ޑިރެކްޓަރުކަމާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރުކަން ކުރައްވާފައިވާ، ދައުލަތުގެ އިސް މަޤާމުތަކުގައި ޚިދުމަތްކުރައްވާފައިވާ ހިދުމަތްތެރި ބޭފުޅެކެވެ.
އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެޑްމިނިސްޓްރޭޝަން މެނޭޖަރުގެ މަޤާމު ފުރުއްވާފައިވާ ޝިޔާއު އަކީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައެވެ.
ޝިޔާއު ވަނީ ސަރުކާރާއި އަމިއްލަ މުއައްސަސާތައް ހިމެނޭހެން ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރައްވާފައެވެ.