ޚަބަރު
ދިވެހިރާއްޖެ ޕްރޮމޯޓު ކުރުމަށް ބީއެމްއެލްއާއެކު އެމްއެމްޕީއާރްސީން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާއެކު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީ އިން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ބީއެމްއެލްއާއި އެމްއެމްޕީއާރްސީން މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިގޮތުގައި ބީއެމްއެލްއާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ކެމްޕޭން ފަރުމާކޮށްފައިވަނީ ޕްރީމިއަމް ފަތުރުވެރިންނަށް ހާއްސަ އޮފާތަކަކާއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

މި ކެމްޕޭންގެ ސަބަބުން ފަތުރުވެރިން ރާއްޖޭގައި ކުރާ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމި އޮތުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ޝިއުރީ ވިދާޅުވިއެވެ.

ހަމައެއާއެކު، މި އެއްބަސްވުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގެ ދަށުން އެކްސްކްލޫސިވް އިންޓަނޭޝަނަލް ކާޑު ޕާޓްނާޝިޕްތަކާއި ބީއެމްއެލް އާއި ދެމެދު އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓުކުރާ މިންވަރު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވިގެންދާނެ ކަަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!