ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުނަރުތައް ތަރައްޤީކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތްކުރާނަން: ވަޒީރު ތޯރިގް

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުނަރުތައް ތަރައްޤީކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު މިފަދައިން ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މިވަގުތު 55،874 މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، އޭގެތެރެއިން 41 ޕަސެންޓަކީ ދިވެހިންކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ 2024 ވަނަ އަހަރުގެ ޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭއިން ދައްކައެވެ.

“ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަކޮށް އެކަށީގެންވާ ވަރަށް ތަމްރީނުކުރުމަކީ އެއީ ކުރާ ކަމެއް. ޒުވާނުންނަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެއް،” ވަޒީރު ތާރިޤު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދީ، އެކަށޭނަ ތަމްރީނު ފޯރުކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި މަސައްކަތްތެރިން ކުރަމުންދާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގާތުން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން އަބަދުވެސް އިލްތިމާސްކުރާކަމެއް ފަތުރުވެރިކަމުގެ ސިނާޢަތުގެ ހުރިހާ ދާއިރާއެއްގެ މުވައްޒަފުންނަކީ، މެދުކެނޑުމެއްނެތި ތަމްރީނު ކުރެވޭ ބަޔަކަށް ހެދުމަށް. އެހެންވީމަ އެކަންތައްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭނަން،” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ސަފުގައި ތިބުމެވެ. މިކަން ހާސިލުކުރުމަށްޓަކައި ޒުވާނުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހުނަރު ތަރައްޤީކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!