ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓުތަށް މަދު އަތޮޅުތަކުގައި ޚާއްސަ ލުއިތަކަކާއި އެކު އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާކަން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިވަގުތު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ ހއ . ހދ . ށ. ތ. ލ އަތޮޅުގައި ފަތުރުވެރުކަން ފުޅާކުރުމަށް އިންވެސްޓަރުން ޝައުގުވެރިވާ ފަދަ އިންސެންޓިވްސް ދިނުމުގެ ގޮތުން ލޭންޑް އިކުއިޒިޝަން ކޮސްޓާއި އިމްޕޯޓް ޑިއުޓީއިން ޚާއްސަ ލުއިތަކެއް ދިނުމަށް ކަމާބެހޭ ގަވާއިދަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އިންވެސްޓްމެންޓު ހޯދުމަށް މިމަހު ހުޅުވާލާނެ ކަމަށެވެ.