ޚަބަރު
އައި.ޔޫ.އައި, އައި.ވީ.އެފްގެ ފަރުވާއަށް އާސަންދަ ސްކީމް މެދުވެރިކޮށް 96 ފަރާތަކަށް ވަނީ ފޯރުކޮށްދެއްވާފައި: ރައީސް

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެއްކަމަށްވާ އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާއަށް އާސަންދަ ސްކީމް މެދުވެރިކޮށް 96 ފަރާތަކަށް ނިޒާމުގެ ތެރެއިން އެ ފުރުސަތު ފަހިކޮށްދެއްވާފައިވާކަމަށް ރައީސުމްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާއަށް އާސަންދަ ސްކީމްގެ ދަށުން މިހާތަނަށް 92 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދެވިފައިވާކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އާސަންދަ ސްކީމް މެދުވެރިކޮށް އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާ ފޯރުކޮށްދިނުމަކީ ރައީސްގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ވަޢުދުފުޅެކެވެ. އެގޮތުން މި ފަރުވާތައް އަމިއްލަ ޚަރަދުގައި ކުރުމަށް ދަތިވާ ފަރާތްތަކަށް ދަޢުލަތުގެ އެހީއަށް އެދި ހުޅަހެޅުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރު މާރިޗް މަހުގެ 15 ވަނަ ދުވަހުއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!