ޚަބަރު
އިސްރަށްވެހިންގެ އަގު ވަޒަން ކުރުމަށް ކުރެންދޫގައި ހާއްސަ އެވޯޑެއް ދީފި

ޅ.ކުރެންދޫގައި އެ ރަށުގެ އިސްރަށްވެހިންގެ އަގު ވަޒަން ކުރުމުގެ ގޮތުން “އިސްރަށްވެހިންގެ އެވޯޑް” ގެ ނަމުގައި ހާއްސަ އެވޯޑު ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާގައި އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހުމަދުގެ އިތުރުން ކުރެންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މަދީހުގެ އިތުރުން ރަށުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައިވާއިރު، ހަފްލާގައި އިސްރަށްވެހިންގެ އެވޯޑު ފޮތެއްވެސް ވަނީ ނެރެފައެވެ.

އިސްރަށްވެހިންގެ އެވޯޑު ނެރެފައިވާ ދާއިރާތައް:

  • ތައުލީމީ ދާއިރާއިން އަލްމަރުހޫމް އަބޫބަކުރު މުހައްމަދުގެ ހަނދާނީ އެވޯޑު
  • މުނިފޫހިފިލުވުމުގެ ދާއިރާއިން އަލްމަރުހޫމް އަބްދުﷲ އިބްރާހިމްގެ ހަނދާނީ އެވޯޑު
  • ފަންނީ ދާއިރާއިން އަލްމަރުޙޫމް އަބްދުﷲ އުސްމާނުގެ ހަނދާނީ އެވޯޑު
  • އިޖުތިމާއީ ދާއިރާއިން އަލް މަރުހޫމް މުހައްމަދު ހުސައިންގެ ހަނދާނީ އެވޯޑު
  • ވިޔަފާރި އާއި އިޤްތިސާދުގެ ދާއިރާއިން އަލްމަރުޙޫމް އަބްދުﷲ އަބްދުއްރަހުމާންގެ ހަނދާނީ އެވޯޑު
  • ސިއްޙީ ދާއިރާއިން އަލްމަރުޙޫމް އަލީ މާހިރުގެ ހަނދާނީ އެވޯޑު
  • ދަނޑުވެރިކަމުގެ ދާއިރާއިން އަލްމަރުޙޫމް އަބޫބަކުރު ކަލޭފާނުގެ ހަނދާނީ އެވޯޑު
  • މަސްވެރިކަމުގެ ދާއިރާއިން އަލްމަރުޙޫމް ސުލައިމާން ހާޖީގެ ހަނދާނީ އެވޯޑު

ހަމައެއާއެކު، ކުރެންދޫއަށް ރީތި ނަން ހޯދާ ފަރާތަކަށް ދޭ އިނާމު އަލްމަރުޙޫމު އިދުރީސް އަލީ ހަނދާނީ އެވޯޑުވެސް މި ހަފްލާގައި ދީފައިވާއިރު، މި އެވޯޑަކީ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން ގައުމީ ފެންވަރުގައި ގަދަ 10 ގައި ހިމެނޭ، ކުރެންދޫގެ ރަށްވެހިކަން އޮންނަ ދަރިވަރުންނާއި  ބައިނަލްއަޤުވާމީ ފެންވަރުގެ ވަނަވަނަ ހާސިލްކުރާ ކުރެންދޫގެ ރަށްވެހިކަން އޮންނަ ދަރިވަރުންގެ އިތުރުން ޖަމިއްޔާ އަދި އާންމު ފަރުދުންނަށް ދެވޭ ވޯޑެކެވެ. ހާފިޒުކަމުގެ ސަނަދު ހޯދާ ފަރާތްތަކާއި  ޕީއެޗްޑީ ހާސިލްކުރާ ކުރެންދޫގެ ރައްޔިތުންނަށްވެސް މި އެވޯޑު ވަނީ ދީފައެވެ.

މިއީ ކުރެންދޫގައި މި އެވޯޑު ދޭ ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!