ޚަބަރު
“ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް”ގައި “ޓޫ އޮފް އަސް” ގަދަ 3 ގައި! ހޯދި ކާމިޔާބީގައި މުޅި ޤައުމު ފަޚުރުވެރިކޮށްލައިފި

އިންޑިއާގައި ކުރިއަށްދިޔަ “ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް”ގައި ދިވެހި ބޭންޑު “ޓޫ އޮފް އަސް” އިން ހޯދި ކާމިޔާބީން މުޅި ޤައުމަށް ފަޚުރުވެރިކަން ގެނެސްދީފިއެވެ.

“ޓޫ އޮފް އަސް” ބޭންޑުން ހޯދި ކާމިޔާބީން މުޅި ޤައުމަށް ފަޚުރުވެރިކަން ގެނެސްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވެސް ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސްގެ ޕޯސްޓުގަައި ވަނީ ބޭންޑުގެ ހުނަރުވެރިކަމާއި، ބުރަ މަސައްކަތުން މުޅި ޤައުމަށް، ބައިނަލްއަޤުވާމީ ފެންވަރުގެ ކާމިޔާބީއެއް ގެނެސްދީ، ފަޚުރުވެރިކުރުވައިފިކަމަށެވެ. އަދި އެބޭންޑުން ހޯދި ކާމިޔާބީއާއެކު އެތައް ދިވެހީންނެއްގެ އުއްމީދު އައުވެ މިފަދަ ކާމިޔާބީއަށް ވާސިލުވުމުގެ ޢަޒުމުން އައުވެގެންދާނެކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

“ޓޫ އޮފް އަސް” ބޭންޑުން މުބާރާތުގައި ހުށަހެޅި ހުރިހާ ހުށަހެޅުމަކަށްވެސް ޖަޖުންނާއި ބެލުންތެރިންނާއި ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ “ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް” މުބާރާތުގެ ގްރޭންޑް ފިނާލޭގެ ކުރިން “ޓޫ އޮފް އަސް”އިން ބުނެފައިވަނީ ސްޓޭޖް މަތީގައި މަދު ބައެއް ތިބި ނަމަވެސް އެ ބޭންޑުން ތަމްސީލު ކުރަނީ މުޅި ދިވެހި ގައުމު ކަމަށެވެ. އަދި “ޓޫ އޮފް އަސް” ބޭންޑުން ބުނީ ހުވަފެނެއް ދެކި، އެކަން ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކޮށްފިނަމަ، ކާމިޔާބުވާނެކަން ހާމަވަމުންދާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!