ޚަބަރު
އާނޯލްޑް ރެއާލް މެޑްރިޑަށް

ލިވަޕޫލްއަށް ކުޅެމުން އަންނަ ޓްރެންޓް އެލްގެޒެންޑަރ އާނޯލްޑް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށް ނިންމައިފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ލިވަޕޫލްއަށް ކުޅެމުން އަންނަ އާނޯލްޑް ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާއިރު، އޭނާ ނިންމީ ލިވަޕޫލް ދޫކޮށްލުމަށްފަހު ރެއާލް މެޑްރިޑާއި ގުޅުމަށެވެ.

ދެ ފަހަރެއްގެ މަތިން ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީ، 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ހޯދި ލިވަޕޫލް ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރި 26 އަހަރުގެ އާނޯލްޑް ވަނީ ލިވަޕޫލަށް އެފްއޭކަޕާއި ކުލަބު ވޯލްޑްކަޕާއި ޔޫރަޕިއަން ސުޕަ ކަޕްވެސް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއްވެސް އަދާކޮށްފައެވެ.

ލިވަޕޫލް ދޫކޮށް އާނޯލްޑް ރެއާލް މެޑްރިޑަށް ބަދަލުވެފައިވާއިރު، ލިވަޕޫލުން ވަނީ އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހު އާއި ކެޕްޓަން ވާގިލް ވެންޓައިކްގެ ކޮންޓްރެކްޓް އާކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!