ޚަބަރު
މަޖިލީހުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ރައްޔިތުންނަށް މުހިންމު ޤާނޫނުތައް އަވަހަށް ފާސްކުރުމަށް: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ، ރައްޔިތުންނަށް ޚިދުމަތް ދޭން ބޭނުންވާނެ ޤާނޫނުތައް އަވަހަށް ފާސްކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މި މަހުގެ 15 ވަނަ ދުވަހު ނިންމާލުމަށް ފަހު ޗުއްޓީއަށް ދާނެ ކަމަށެވެ.

“ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލީހުން ފާސްކުރަންޖެހޭ މުހިއްމު ބިލުތަކެއް އެބަހުރި. އެހެންކަމުން ކޮމިޓީތަކުގެ މަސައްކަތްތަކަށް ޖާގަލިބޭ ގޮތަށް މަސައްކަތް ކުރުން މުހިއްމު,” އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ، “މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ. އެ މަސައްކަތްތައް ނިންމައި، މަޖިލީހުން ފާސްކުރެވިގެން މިއަންނަނީ ކޮމިޓީތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން.”

މަޖިލީހުގެ ފުރަތަމަ ދައުރު ނިމުމަށްފަހު ދެ ހަފްތާގެ ޗުއްޓީއަކަށް ދާނެ ކަމަށާއި، ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ޖޫން މަހު ކަމަށްވެސް މަޖިލީހުގެ ރައީސް އިޢުލާންކުރެއްވި އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!