ޚަބަރު
އެސްޓޯނިއާގެ އެހީއާއެކު ރާއްޖެ ޑިޖިޓަލައިޒް ކުރަން ހާއްސަ ގާނޫނުތައް މަޖިލީހަށް ހުށަހަޅަނީ

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢުއަށް ޚާއްސަ ޤާނޫނުތަކެއް އެކުލަވާލައި، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި “މޯލްޑިވްސް 2.0” ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢަކީ ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ފެށިގެންދާ ފެށުމެއް ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، އެސްޓޯނިއާއަކީ ދުނިޔޭގެ ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހާސިލްކޮށްފައިވާ ޤައުމު ކަމަށްވާތީ، އެ ޤައުމުގެ މާހިރުންގެ އިރުޝާދާއެކު ރާއްޖެއަށް ފެތޭ މުހިންމު ޤާނޫނުތައް އެކުލަވާލެވޭނެއެވެ.

“ޤައުމު މިހާރު މިހިނގާ ގޮތަށް ބަލާއިރު ޤައުމުގެ ނިޒާމު ބަދަލު ނުކޮށްވާކަށް ނެތް،” ރައީސް ވިދާޅުވިއެވެ. “އިންސާނުންގެ ޒާތުގައި ކަންކަން ހިނގާގޮތަށް ބަލާއިރު އަތުގައި ބާރެއް އޮވެއްޖެއްޔާ ކޮރަޕްޝަންގެ ކަންކަންކަމުން އަމިއްލަ ނަފްސު އިސްކުރެވެނީ.”

ރައީސް އިތުރަށް ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ގުނާލެވޭ ހިސާބަށް ގެންދިއުމަށްޓަކައި ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ ވަބާއިން ޤައުމު ސަލާމަތްކުރުމަކީ އިސްކަންދޭންޖެހޭ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ޑިޖިޓަލައިޒޭޝަންގެ ސަބަބުން ހިދުމަތުގެ ނިޒާމު ވަރުގަދަވެ، ކޮރަޕްޝަން މަދުވެ، ހިދުމަތްތައް އަވަސްވެ، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ދަށުން އިޖުތިމާއީ އެތައް ކަމެއް ހައްލުކުރުމުގެ މަސައްކަތްތަކެއް ވެސް ފަށާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!