ސިފައިންގެ އާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމުގެ ގޮތުން ބޭއްވި “ސިފަމާ ފަންރަން 2025” ދުވުން ާކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި މި ހަރަކާތުގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި 3 ކިލޯމީޓަރ އަދި 5 ކިލޯމީޓަރގެ ދުވުން ކުރިއަށް ދިޔައެވެ.
މި ދުވުން ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް މެޑެލް ދީފައިވާއިރު، މި ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޤިޔާޘްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

