މި އަހަރުގެ ކުޑަކުދީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކު ކްރިކެޓް އެކަޑެމީން އިންތިޒާމުކޮށްގެން ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
ފުވައްމުލަކުގައި އިއްޔެ ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަޔަރ ކޮމްޕޯނަންޓުން ވަނީ ފަޔަރ ވެހިކަލްތަކަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.
މި ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

