ޚަބަރު
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާތާ 8 މަސްވެއްޖެ ކަމަށް ބުނާ ވާހަކައަކީ ދޮގެއް

ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާތާ 8 މަސްވެއްޖެ ކަމަށް ބުނެ ދައުރުކުރަމުންދާ މައުލޫމާތުތަކަކީ ޙަޤީޤަތާއި ޚިލާފު މައުލޫމާތުތަކެއް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ވަނީ ބުނެފައެވެ.

ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދާ ހަމައަށްވެސް އެ ކޯޕަރޭޝަނުން އަންނަނީ މުވައްޒިފުންގެ ޕެންޝަން ފައިސާ ދައްކަމުން ކަމަށެވެ. އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އެ ކޯޕަރޭޝަނާ ދެމެދު ވާހަކަ ދެކެވި، ޖެހިފައިވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ވެމްކޯގެ މާލީ ޙާލަތަށް ބަލާއިރު ޚަރަދުތަކާއި މުވައްޒިފުންގެ މުސާރަ ހަމަޖައްސަނީ ލިބޭ އާމްދަނީއިންނެވެ. ނަމަވެސް ވެމްކޯ އަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ގިނަ ތަންތަނުން ނުލިބޭކަން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް މިހާރުވެސް ދައްކަންޖެހި ނުދައްކާވާ 66 މިލިއަން ރުފިޔާ ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ވެމްކޯއިން ބުނެފައިވަނީ މިވަގުތު މުވައްޒިފުންގެ މުސާރައާއި ޕެންޝަން ފައިސާގެ ކަންކަމާ ގުޅިގެން ޕެންޝަން އޮފީހާއެކު މަޝްވަރާކޮށް، ފަސޭހަ އިންތިޒާމަކުން ފައިސާ ދައްކާ ޚަލާސްކުރެވޭނެ ގޮތަކަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒިފެއްގެ ޕެންޝަން ޙައްޤަށް އުނިކަމެއް ނާންނާނެހެން ފައިސާ ދެއްކުމަށް ރާވާފައިވާ ކަމަށްވެސް ވަނީ އެ ކޯޕަރޭޝަނުން ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!