ޚަބަރު
ވެލިދޫ ބަނދަރުގެ މަސައްކަތް ނިމޭނީ 2026 ގެ ސެޕްޓެމްބަރަށް: މުއްތަލިބު

ނ. ވެލިދޫ ބަނދަރުގެ މަސައްކަތް އަޕްްގްރޭޑް ކުރުމުގެ މަސައްކަތް ނިމި، ރައްޔިތުންނަށް ބޭނުންކުރެވެން ފަށާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު މަޖިލީސް ޖަލްސާއަށް ހާޒިރު ކުރައްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިއަދުގެ ޖަލްސާގައި މެންބަރު އައްބާސް ވަނީ ވެލިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓި، ގިނަ ދުވަސްތަކެއް ވެފައި ވާތީ އެކަމާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

މެމްބަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ކޮނުމުގެ މަސައްކަތް ފަށާފައި، މިހާރު މަޝްރޫއުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. ކޮނުމުގެ މަސައްކަތް މަޑުޖެހިފައިވަނީ އެކްސްކަވޭޓަރުގެ މައްސަލަ ޖެހިފައިވުމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރު، 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 50 މިލިއަން ރުފިޔާއަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!