ޚަބަރު
ކުލަބު ވޯލްޑް ކަޕަށް ރެއާލުން ބޭނުންވަނީ އަލޮންސޯގެ ކޯޗުކަމުގައި ދާން!

ކުރިއަށް އޮތް ފީފާ ކުލަބު ވޯލްޑް ކަޕަށް ރެއާލް މެޑްރިޑުން ދާން ބޭނުންވަނީ ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ހުރެގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ މި ސީޒަނަށްފަހު ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމާއި ހަވާލުވާނެކަން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އިއްޔެ ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު، އެންޗެލޮއްޓީ ނެތްތަން ފޫބެއްދުމަށް ރެއާލް މެޑްރިޑްއިން އެ ޓީމުގެ ކުރީގެ ޑިފެންޑަރ ޒަބީ އަލޮންސޯ ގެ ކޯޗުކަމަށް ގެންނަން އުޅޭ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް މިހާރު ކޯޗު ކޮށްދެމުންދާ އުމުރުން 43 އަހަރުގެ އަލޮންސޯ މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާއިރު، އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު އޭނާ އެނބުރި ސްޕެއިންއަށް ގޮސް ރެއާލް މެޑްރިޑާއި ހަވާލުވާނެ ކަމަށް މައުލޫމާތުލިބެއެވެ.

ބްރެޒިލްގެ ގައުމީ ޓީމާއި އެންޗެލޮއްޓީ ހަވާލުވާނެކަން އިއުލާން ކުރި ނަމަވެސް އޭނާ ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދޭ އެންމެ ފަހު މެޗަކީ މެއި 25 ވަނަ ދުވަހު އޮންނަ ލަލީގާގައި ރެއާލް މެޑްރިޑް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅޭ މެޗެވެ.

އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕަކީ ފުޓްބޯޅަ ކްލަބްތަކުގެ މެދުގައިވާ ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި އެއް މުބާރާތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!