ޚަބަރު
ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ: މެޑަމް ސާޖިދާ

އުފަލާއި ހިތާމައިގައި، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް ކަމަށް ރައީސުލްޖުމުހޫރިއްޔާގެ އަނބި ކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މެޑަމް ވިދާޅުވީ ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތްކަމަށެވެ. އަދި ދިވެހި ޢާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާ ކަމަށާއި، އާއިލާތަކުގެ ދުވަހުގެ މަރްޙަބާއާއި ތަހުނިޔާ އެންމެހާ ދިވެހިންނަށް ވަނީ މެޑަމް ސާޖިދާ ފޮނުއްވާފައެވެ.

ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހުއެވެ.

އާއިލީ މައްސަލަތަކަށް މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެގޮތުން ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993ވަނަ އަހަރުން ފެށިގެންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!