ޚަބަރު
ށ އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، މިއަދު ށ އަތޮޅުގައި އިތުރު އޭޓީއެމްތަކެއް ބެހެއްޓުމާއެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ވަނީ ފުޅާކޮށްފައެވެ.

އިއްޔެ އާއި މިއަދު ށ އަތޮޅުގެ 10 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. މި ރަށްތަކުގެ ތެރޭގައި ބިލެއްފަހި، ފޭދޫ، ގޮއިދޫ، ކަނޑިތީމު، ނޫމަރާ، ޅައިމަގު، ނަރުދޫ، ފީވަށް، ފޯކައިދޫ އަދި މަރޮށި ހިމެނެއެވެ. މި ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުތަކުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އާއި، ބޭންކުގެ އިސްވެރިންނާއި ރަށްރަށުގެ ކައުންސިލަރުންނާއި ރައްޔިތުން ބައިވެރިވިއެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މިހާރު ށ އަތޮޅުގެ ހުރިހާ ރަށަކުން ލޯނަށް ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި މިދިޔަ 4 ދުވަހުގެ ތެރޭގައި 18 ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށާއި، މި މަސައްކަތް މިހާ އަވަހަށް ނިންމާލެވުނީ ބޭންކުގެ މުވައްޒަފުންގެ މިންނެތް މަސައްކަތުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ށ އަތޮޅާއެކު މިހާރު ވަނީ ޖުމްލަ 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. މީގެ ކުރިން މި ޚިދުމަތް ފަށާފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅު ހިމެނެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މި ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ. މި މަސައްކަތް ނިމުމުން ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކުގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!