ޚަބަރު
ޑްރެސްކޯޑާ އެއްގޮތަށް ހެދުންއަޅާފައިވާ ކޮންމެ ނޫސްވެރިއަކަށްވެސް ތަފާތެއްނެތި ފުރުސަތު ދޭނެ: ހީނާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ އިވެންޓްތަކަށް ކަނޑައަޅާފައިވާ ޑްރެސްކޯޑާ އެއްގޮތަށް ހެދުން އަޅާފައިވާ ހުރިހާ ނޫސްވެރިންނަށް، އެއްވެސް ތަފާތުކުރުމެއް ނެތި އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެމުން ގެންދާނެ ކަމަށް އެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.

މި މައްސަލަ މިގޮތަށް ސާފުކޮށްދީފައި މިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް، ކަނޑައެޅިފައިވާ ޑްރެސްކޯޑާ ޚިލާފަށް ހެދުން އަޅައިގެން ހާޒިރުވި ނޫސްވެރިއަކަށް ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެން، އެ ނޫސްވެރިޔާ ނިސްބަތްވާ މީޑިއާގެ ފަރާތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

“ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ އިވެންޓަކަށް ކަނޑައަޅާފައިވާ ޑްރެސްކޯޑާއި އެއްގޮތަށް ހެދުންއަޅާފައިވާ ކޮންމެ ނޫސްވެރިއަކަށްވެސް އެ އިވެންޓުގައި ބައިވެރިވުމުގެ ފުރުޞަތު އެއްވެސް ތަފާތުކުރުމެއް ނެތި ދެމުން ގެންދާނެއެވެ.” ރައީސް އޮފީހުގ ތަރުޖަމާނު، ހީނާ ވަލީދު

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، އެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ދައުވަތު ދޭއިރު، އެ ބައްދަލުވުމަކަށް ހާޒިރުވާންޖެހޭ ޑްރެސްކޯޑް ދައުވަތުގައި ހިމަނާފައި ވާނެއެވެ. އަދި ބައްދަލުވުމަށް ނަން ނޯޓުކުރާ ނޫސްތަކަށް، ޕްރެސްއަށް ހާޒިރުވުމާހަމައަށް އެކަން ހަނދާން ކޮށްދެމުންދާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރީންގެ ބައްދަލުވުންތަކަށް ދަޢުވަތުދޭ އިރު، އެ ބައްދަލުވުމަކަށް ޙާޒިރުވާނެ ޑްރެސްކޯޑް، ދަޢުވަތުގައި ހިމަނާފައި ވާނެއެވެ. އަދި ބައްދަލުވުމަށް ނަންނޯޓު ކުރައްވާ ނޫސްތަކަށް އެކަން ދަނީ ހަނދާންވެސް ކޮށް ދެމުންނެވެ. ޑްރެސްކޯޑާ ޚިލާފަށް، ހެދުން އަޅައިގެން އަންނަ ނޫސްވެރިޔާއަަށް، ވަގުތު އޮތް ނަމަ، ޑްރެސްކޯޑާއި އެއްގޮތަށް ހެދުން އަޅައިގެން އައުމަށް އަލުން ފުރުޞަތުވެސް ދަނީ ދެމުންނެވެ.” ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު

އިތުރަށް ތަރުޖަމާން ހާމަކުރެއްވި ގޮތުގައި، ޑްރެސްކޯޑާ ޚިލާފަށް ހެދުން އަޅައިގެން އަންނަ ނޫސްވެރިންނަށް، ވަގުތު އޮތްނަމަ، ޑްރެސްކޯޑާ އެއްގޮތަށް ހެދުން އަޅައިގެން އަލުން އައުމަށް ފުރުސަތު ދެމުން ގެންދެއެވެ.

ރައީސް އޮފީހަށް ވަދެ ނުކުމެވުމުގައި މިހާރު އަމަލުކުރެވެމުންދާ ޑްރެސްކޯޑުގެ އުސޫލު އެކުލަވާލާފައިވަނީ 2017 ވަނަ އަހަރުއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!