ޚަބަރު
އެންޓި ޑްރަގްސް ދުވަހު ‘ގިރިންދާ’ އިން ތިނަދޫ ސިޓީގައި ޢާއިލީ ދުވުމެއް ބާއްވަނީ، ބައިވެރިވެލަމާ!

ބައިނަލްއަޤުވާމީ ފެންވަރުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން، ތިނަދޫސިޓީގައި ޚާއްޞަ ‘ޢާއިލީ ދުވުމެއް’ ބޭއްވުމަށް ނިންމައިފިއެވެ. މި ދުވުން އިންތިޒާމު ކުރަނީ ‘ގިރިންދާ’ ޖަމްޢިއްޔާއިންނެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި، އެއްބައިވަންތަކަމުގެ މިފަދަ ހަރަކާތެއް، މިހާ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖޫން 2025 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ. ދުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ގޫގުލް ފޯމެއް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ.

ގިރިންދާ ޖަމްޢިއްޔާ އިން މައުލޫމާތު ދިން ގޮތުގައި، މި ދުވުމުގެ މަޤްޞަދަކީ މަސްތުވާތަކެތީގެ ނުރައްކަލާ ދޭތެރޭ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމެވެ.

މި ޙަރަކާތް ކުރިއަށް ގެންދިއުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް، ނޭޝަނަލް ޑްރަގް އެޖެންސީ، ގދ. އަތޮޅު ޕޮލިސް، ގއ. އަތޮޅު ކައުންސިލް، ތިނަދޫ ސިޓީ ކައުންސިލް، ތިނަދޫ ސިޓީ ޕޮލިސް، ގދ. އަތޮޅު ކައުންސިލް، ގއ. އަތޮޅު ޕޮލިސް އަދި ރައުޙަތު ސްޕޯޓްސް އިން ގިރިންދާއާ ބައިވެރިވާނެއެވެ.

ގިރިންދާ ޖަމްޢިއްޔާއަކީ 23 ފެބްރުވަރީ 2023 ގައި ރަޖިސްޓަރީ ކުރެވިފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެ، އެ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ގެނައުމަށް މަސައްކަތްކުރުމެވެ.

ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން، ޖަމްޢިއްޔާގެ މަސައްކަތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ފައިސާގެ އެހީ ފޯރުކޮށްދެވޭނެއެވެ.

މިގޮތުން އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް 7730000586230 ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7716312 ނަންބަރު ވައިބަރއަށް ގުޅުއްވުމަށް ޖަމްޢިއްޔާއިން ވަނީ އެދިފައެވެ.

“ގިރިންދާ” މި ބަހަކީ ކުރީ ޒަމާނުގައި ތިނަދޫ ގައި ބޭނުން ކުރާ ބަހެކެވެ. މާނަޔަކީ ކަންކަމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!