އިޕްސްވިޗް ޓައުންއަށް ކުޅެމުން އަންނަ ފޯވާޑް ލިއަމް ޑެލަޕް، 30 މިލިއަން ޕައުންޑުގެ ރިލީސް ކްލޯސް ދެއްކުމަށް ޗެލްސީން އެއްބަސްވެއްޖެއެވެ.
ޑެލަޕް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑް، އެވަޓަން، ނިއުކާސަލް ޔުނައިޓެޑް އަދި ނޮޓިންހަމް ފޮރެސްޓުން މަސައްކަތް ކޮށްފައިވާއިރު، އިޕްސްވިޗް ރެލިގޭޓްވުމާ ގުޅިގެން އޭނާ 30 މިލިއަން ޕައުންޑަށް ވިއްކާލުމަށް ވަނީ ނިންމާފައެވެ.
އުމުރުން 22 އަހަރުގެ ޑެލަޕް އިޕްސްވިޗްއާ ގުޅުނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.
ބުދަ ދުވަހުގެ ރޭ ޔޫއެފާ ކޮންފަރެންސް ލީގުގެ ތަށި ނެގި ޗެލްސީން ވަނީ ޗެމްޕިއަންސް ލީގަށް ވެސް ކޮލިފައިވެފައެވެ.
ޑެލަޕް އިޕްސްވިޗްއަށް މި ސީޒަންގައި ކުޅުނު 32 މެޗުގައި ވަނީ ޖުމްލަ 12 ލަނޑު ޖަހާފައެވެ.

