ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
މަގާމަށް ކުރިމަތި ލައްވާފައިވަނީ މިހާރު ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީމް މަހުގެ 26ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ، މިދިޔަ އަންގާރަ ދުވަހުއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ވަގުތު މިއަދު 12:00 ގައި ވަނީ ހަމަވެފައެވެ.