ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ސްޓާ ޕްލަސްގެ ކުރީގެ މަޝްހޫރު ސިލްސިލާ “ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ” ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީޒަން 2 ގެ ޝޫޓިން މިހާރު ކުރިއަށްދާ ކަމަށާއި، ޝޫޓިން ކުރިއަށް ގެންދަނީ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްގެން ކަމަށެވެ. އެގޮތުން، ސެޓުން އެއްވެސް މަންޒަރެއް ލީކްވިޔަ ނުދިމަށްޓަކައި ކާސްޓާއި ކްރޫ އަށް ފޯނު ވެއްދުން ވެސް މަނާކޮށްފައިވާ ކަމަށް ހަބަރުތައް ބުނާއިރު، ފުރަތަމަ ސީޒަންގެ މައިގަނޑު ދެ ތަރިއަކު މި ފަހަރު ވެސް ހިމެނެ އެވެ.
އެއީ ފުރަތަމަ ސީޒަނުގައި ވިރާނީގެ ރޯލުން ފެނިގެންދިޔަ މިހާރު އިންޑިއާގެ ސަރުކާރުގެ މިނިސްޓަރެއް ކަމަށްވާ ސުމިތުރީ އިރާނީ އާއި އަމަރު އުޕަދޭ އެވެ.
“ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ” ގެ އާ ސީޒަން ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައި ނުވާއިރު، ޖުލައި 3، 2000 އިން ފެށިގެން ނޮވެމްބަރު 6، 2008 އާ ހަމައަށްމި ފިލްމުގެ 1،833 އެޕިސޯޑް ގެނެސްދީފައިވާކަން ފާހަގަކޮށްލެވެއެވެ.

