ޚަބަރު
ގިނަ ބައެއްގެ އެދުމުގެ މަތިން އީދު ބަންދުގައި އުތީމު ގަނޑުވަރު ހުޅުވަނީ

ގިނަ ބައެއްގެ އެދުމުގެ މަތިން މި އަހަރުގެ އަޟްހާ އީދު ބަންދުގައި އުތީމު ގަނޑުވަރު ވަކި ގަޑިތަކެއްގައި ހުޅުވުމަށް ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖުން ނިންމައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖުން މިކަން އިޢުލާނު ކުރަމުން ބުނެފައިވަނީ، ހއ. އުތީމު ގަނޑުވަރަކީ ގިނަ ފަރާތްތަކެއް ޒިޔާރަތްކޮށް ބަލާލަން ބޭނުންވާ ދިވެހީންގެ މުހިންމު ތަރިކައެއް ކަމަށެވެ. “ހާއްސަކޮށް ސްކޫލު ބަންދާއި އެކިއެކި މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމު ގަނޑުވަރު ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ގިނަ ފަރާތްތަކަކުން އެދޭ ކަމެއް،” އެ ސެންޓަރުން ބުންޏެވެ.

އީދު ބަންދާ ގުޅިގެން އުތީމު ގަނޑުވަރު ހުޅުވާނީ ޖޫން 7، 8 އަދި 9 ވަނަ ދުވަހުގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ. އަދި ޓިކެޓު ވިއްކުން ކުރިއަށް ގެންދާނީ ހެނދުނު 8:15 އިން މެންދުރު 13:30 އަށެވެ. ނަމަވެސް ހައްޖު ދުވަހާއި އީދު ދުވަހު އުތީމު ގަނޑުވަރު ހުންނާނީ ބަންދުކޮށްފައެވެ.

އާންމު ދުވަސްތަކުގައި އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ. މި ދުވަސްތަކުގައިވެސް ޓިކެޓު ވިއްކުން ކުރިއަށް ގެންދާނީ ހެނދުނު 8:15 އިން މެންދުރު 13:30 އަށެވެ.

އުތީމު ގަނޑުވަރަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަސްގެފާނު، މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އާރުކާޓީ ގަނޑުވަރެވެ. މި ގަނޑުވަރަކީ ދިވެހި ތާރީޚުގެ މުހިންމު ތަރިކައެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!