ޚަބަރު
ލުބްނާނަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ޔަހޫދީން ދީފި

ލުބްނާންގެ ދިފާއުގައި މަސައްކަތްކުރާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ އެކު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމާއި ހިލާފުވެ، ލުބްނާނަށް ޙަމަލާ ދެމުންދާނެ ކަމަށް ޔަހޫދީން ބުނެފިއެވެ.

އަނިޔާވެރި އިޒްރޭލުގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުނެފައިވާ ގޮތުގައި، ޙިޒްބުالله އިން ހަތިޔާރު ބަހައްޓަން އިންކާރު ކުރަމުންދާ ނަމަ، ލުބްނާންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް މެދުކަނޑައިނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

2024 ވަނަ އަހަރު ނޮވެންބަރު މަހު ޙިޒްބުالله އާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމެއް އެކުލަވައިލާފައި އޮތް ނަމަވެސް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ދަނީ ލުބްނާންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި، ގެދޮރަށް ބޮން އަޅައި، ޢާންމުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ޝަހީދު ކުރަމުންނެވެ.

ބަރަކާތްތެރި އަޟްޙާ ޢީދާ ދިމާކޮށް ވެސް ޔަހޫދީން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތުގެ އިތުރުން ދެކުނުގެ ސަރަޙައްދަކަށް ނިރުބަވެރި ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެގޮތުން، ޢާންމުން ދިރިއުޅޭ ނުވަ އިމާރާތަކަށް ޙަމަލާދީ، 80 އެއްހާ ފުލެޓަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީންނާއި ޙިޒްބުالله އާ ދެމެދު ޙަމަލާ ބަދަލު ކުރުން ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ހިންގަންފެށި ޤަތުލުޢާންމާއި ގުޅިގެން، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްތަކާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވާން ފެށުމުންނެވެ.

އިޒްރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި  މިހާތަނަށް 4,000 އެއްހާ މީހުން ޝަހީދު ކޮށްލައި، އެތަކެއް ހާސް ބަޔަކު ޒަޚަމު ކޮށްލާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!