ނެޓްފްލިކްސްގެ މަޝްހޫރު ކޮރެއަން ސީރީޒް “ސްކުއިޑް ގޭމް” ގެ ތިން ވަނަ ސީޒަންގެ އެންމެ ފަހު ޓްރެއިލާ އާންމުކޮށްފި އެވެ.
މި މަހުގެ 27 ވަނަ ދުވަހު ސިނަމާތަކަށް މި ސީރީޒްގެ ފަހު ސީޒަން ނެރުމަށް ހަމަޖެހިފައިވާއިރު، ‘ސްކުއިޑް ގޭމް’ ވެފައި ވަނީ ނެޓްފްލިކްސްގައި މިހާތަނަށް އެންމެ ގިނަ ބަޔަކި ބެލި ސީރަޒަށެވެ.
ކުރީގެ ދެ ސީޒަނާ އެއްގޮތަށް ޝައުގުވެރި ގިނަ ކަންތައްތަކެއް މި ސީޒަނުގައިވެސް ދައްކުވައިދޭއިރު، މި ސީރީޒްގެ ޑައިރެކްޓަރަކީ ހުވަން ޑޮންގް- ހީކް އެވެ.
މި ސީރީޒް 9 އެޕިސޯޑާ އެކު އެންމެ ފުރަތަމަ ނެރުނީ 2021 ވަނަ އަހަރުގައެވެ.