ޚަބަރު
ޣައްޒާގައި އެހީ ހޯދުމަށް ގޮސް ތިބި ބަޔަކަށް ހަމަލާދީ ބޮޑު ގަތުުލުއާންމެއް

ޣައްޒާގައި އެހީ ހޯދުމަށް ގޮސް ތިބި ބަޔަކަށް ހަމަލާދީ، އިޒްރޭލުގެ ސިފައިން ބޮޑު ގަތުލުއާންމެއް ހިންގައިފިއެވެ.

ފަލަސްތީނުގެ ޚާން ޔޫނިސްގެ އަލް ތަހްލިއާ ރައުންޑްއަބައުޓްގައި އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ 51 މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ރިޕޯޓްކޮށްފައިވާއިރު، ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ އިމަޖެންސީ، އިންޓެންސިވް ކެއާ އަދި އޮޕަރޭޝަން ރޫމްތަކުގައި އަނިޔާ ލިބިގެން ގެނެސްފައި ތިބި ގިނަ އަދަދެއްގެ މީހުންނާއި މަރުވެފައިވާ ގިނަ ބަޔަކު އެބަތިބި ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލުއާމަށް މިހާރު 20 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މި އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 55،362 މީހުން ޝަހީދުކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި 10،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!