ޚަބަރު
250،000 އަށްވުރެ ގިނަ މީހުން އީފާސް އަށް ރެޖިސްޓަރ ވެފައިވޭ

މިހާތަނަށް 250،000 އަށްވުރެ ގިނަ މީހުން އީފާސްގައި ރަޖިސްޓްރީވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި ބިލަށް ޚިޔާލު ހޯދުމަށް ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.ކިނާނަތު ވިދާޅުވީ މި ބިލަކީ ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ތައްޔާރުކުރާ ބިލެއް ކަމަށާއި މި ބިލާއެކު އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ.

އަދި މިހާރު ބޭނުންކުރަމުންދާ އީ-ފާސް ނިޒާމަށްވެސް މި ބިލުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެ ކަން ފާހަގަކުރައްވަމުން ކިނާނަތު އިތުރަށް ވިދާޅުވިގޮތުގައި، މިހާތަނަށް 250،000 އަށްވުރެ ގިނަ ދިވެހިން ވަނީ އީ-ފާސް ބޭނުންކުރަން ފަށާފައެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން އިތުރު މުހިންމު ބިލުތަކެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު، މީގެ ތެރޭގައި ޑޭޓާ ސެކިއުރިޓީއާ ބެހޭ ބިލާއި ސައިބާ ސެކިއުރިޓީ ބިލު މިހާރު ވަނީ ބަންޑާރަ ނައިބު އޮފީހަށް ފޮނުވާކަމަށް ކިނާނަތު ވަނީ ވިދާޅުވެފައެވެ.

ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ދެވަނަ ޑްރާފްޓް އެކުލަވާލުމުގެ ކުރިން ބިލަށް ހިޔާލާއި މަޝްވަރާ ހޯދުމަށް ވޯކްޝޮޕެއް ބާއްވާފައިވާއިރު، މި ވޯކްޝޮޕްގައި 90 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!