ޚަބަރު
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމެއް!

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނު ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހައުސިން މިނިސްޓްރީގައެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިންއެއްކަމަށާއި، ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭނެކަމަށެވެ. އެހެންކަމުން މި ފައިނޭންސިންއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ނިސްބަތް އިތުރުވާނެކަމަށް ބެލެވޭކަމަށް ސީއީއޯ ވިދާޅުވިއެވެ.

މި ލޯނު ދޫކުރުމުގެ ތަޖުރިބާއަށް ބަލައި، އަންނަ އަހަރުގެ ކުރީކޮޅުގައި ދެވަނަ ބުރަކަށް ހުޅުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމުގައި ވެސް މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި ހިމެނެނީ 3 ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް، ފަހިމާލެ ފައިނޭންސިން ސްކީމެވެ. މީގެތެރެއިން ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ ލިބޭނެއެވެ.

މީގެއިތުރުން މާލެ ސަރަޙައްދަށް ހުޅުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން 6 މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!